8 ފެބުރުވަރީ 2025

އަރބަންކޯ އިން "ބިންވެރިޔާ ސްކީމް"ގެ ލިސްޓާބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ، ސަމާލުވޭ: އަރބަންކޯ

އަރބަންކޯގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

އާބަންކޯ އިން އިތުރަށް ބުނީ. ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަން ހަނދުމަކޮށް އަރުވާ ކަމަށެވެ.

އާރބަންކޯ އިން މިހެން ބުނިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅާ އެއްގޮތަށް ފުރަމާލެއިން ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ސަރުކާރުން އިއްޔެ ވަނީ ޢާއްމުކުރައްވާފައެވެ.
ސަރުކާރުގެ "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 10314 މީހަކަށް ގޯތި ލިބޭނެކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.ފްލެޓާއި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަސައްކަތްކުރިއަށްގެންދެވި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން އިއްޔެ ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ. ކޮމެޓީން ހިއްސާކުރެއްވި މަޢުލޫމާތައް ބަލާއިރު ބިންވެރިޔާ ސްކީމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވަނީ 2370 ފޯމެކެވެ. އެއީ ޖުމްލަ 3231 މީހެކެވެ.

މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިއްޔެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ގޯތީގެ ސައިޒު ހުންނާނީ އެޕްލިކަންޓުގެ ޢަދަދަށް ބަލައިގެންކަމަށެވެ. އެގޮތުން ގިނަ ބޭފުޅުންގެ ނަމުގައި ހުންނަ ފޯމްތަކަށް ލިބޭ ގޯތީގެ ސައިޒު، އެންމެ ބޭފުޅެއްގެ ނަމުގައި ހުށަހަޅުއްވާ ފޯމަށް ލިބޭ ގޯއްޗަށް ވުރެ ބޮޑުވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު