ޢީދު ޗުއްޓީއަށް ރައީސް މައުމޫނާއި، ޢާއިލާ އދ.އޮމަދޫއަށް ދިއުމުން ހޫނު މަރުހަބާއެއް!

މިއަހަރުގެ ބޮޑު އީދަށް ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާ ޗުއްޓީ ހޭދަކޮށްލުމަށް އދ.އޮމަދޫއަށް ވަޑައިގެންފިއެވެ.

ރައީސް މައުމޫނާއި، ޢާއިލީ ބޭފުޅުން މިއަދު އޮމަދޫއަށް ވަޑައިގެންނެވުމުން އެރަށު ކައުންސިލާއި ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އޮމަދޫއަށް ރައީސް މައުމޫނާއި، އާއިލާ ވަޑައިގެންނެވުމުން އެރަށުުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ރައީސް މައުމޫން ވަނީ ޝުކުރު ދަންނަވާފައެވެ.

ޢީދު ޗުއްޓީއަށް އަޅުގަނޑާއި ޢާއިލާ އދ. އޮމަދުއަށް ޒިޔާރަތް ކުރުމުން އެރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާ އަށްޓަކާ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ މިދަތުރުފުޅުގައި އަނބިކަނބަލުން ނަސްރީނާއި، ދަރިކަލުންނާއި، މާމަ ދަރިންނާއި، ކާފަ ދަރިންވެސް ބައިވެރިވެއެވެ. އަދި އާއިލާގެ އެހެން މެމްބަރުންވެސް ވަނީ އޮމަދޫއަށް ވަޑައިގެންފައެވެ.

ރައީސް މައުމޫން ޢާންމުކޮށް ބޮޑު އީދަށް އެކި ރަށްތަކަށް ވަޑައިގެން އެރަށްރަށުގެ އީދު ކުޅިވަރުތަކުގައި ބައިވެރިވެ ލައްވައެވެ. މިއަހަރުގެ ބޮޑު އީދު ދުވަހަކީ މާދަމައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު