ރައީސް ޞާލިހު ވެފައިވާ އެއްގޮތަށް މާލެ ސަރަހައްދުން ދޭނެކަމަށް ވައުވާ ގޯތި ދޭނީ ކޮން އިރަކުންތޯ، އަދި އެއީ ކޮންތާކުންތޯ ވިދާޅުވެ މާލޭގެ މެދު ހެންވޭރު ދާއިރާގެ ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރު އަލީ އާޒިމް ސުވާލު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިޢުލާންކުރެއްވި ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބޭނެކަމަށް އިއްޔެ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ނުދީގެން އެކަމުގެ ކަންބޮޑުވުމާއި ސުވާލުތައް އެންނެ ގިނައިން ސަރުކާރާއި ކުރާ އެއް މެމްބަރަކީ އަލީ އާޒިމެވެ. އާޒިމް ވަނީ ލިސްޓުގެ ނެރުމުގެ ކުރިންނާއި ލިސްޓު ނެރުނު ފަހުންވެސް ފުލު ފުލުގައި ސަރުކާރަށް ގިނަ ސުވާލުތަކާއި މާލޭ ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ގޯތި ދޭނެކަމަށް ބުނާ ލިސްތަކީ 2012 ވަނަ އަހަރުން ފެށިގެންވެސް އޮތް ލިސްޓެއް ކަމަށެވެ. ލިސްޓެއް ހަދާފައި ސަރުތު ހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ކަމަށް ޖަހައި ލިސްޓެއް އާންމު ކުރެވިދާނެ ކަމަށާއި، ނަމަވެސް ގޯތި ދޭނެ ތަނެއް ގޯތި ދިންކަމުގެ ލިޔުމެއް ނުދެވޭކަމަށް އާޒިމް ވިދާޅުވިއެވެ.
ވެރިކަން ނިމެން ބާކީ އޮތީ 73 ދުވަސް. ކޮބާހޭ މާލޭ މީހުންނަށްދޭން ވައުދުވު ގޯތި. 2012ފެށިގެން ތިޔަ ލިސްޓެއް އަޅުގަނޑުމެންގެ އަތުގަ އޮވެ. ލިސްޓެއް ހަދާފަ “ގޯތިލިބޭ” "ސަރުތު ހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ޖެހިދާނެ. ކޮންތާކުންހޭ، ކޮން އިރަކުހޭ ގޯތި ދެނީ؟
– އާޒިމްގެ ސުވާލުތައް ސަރުކާރަށް އަމާޒުކޮށް ވިދާޅުވިއެވެ.
ވެރިކަން ނިމެން ބާކީ އޮތީ 73 ދުވަސް. ކޮބާހޭ މާލޭ
މީހުންނަށްދޭން ވައުދުވު ގޯތި. 2012ފެށިގެން ތިޔަ
ލިސްޓެއް އަޅުގަނޑުމެންގެ އަތުގަ އޮވެ. ލިސްޓެއް ހަދާފަ
“ގޯތިލިބޭ” “ސަރުތު ހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ
ފުރިސަތު އޮތް” ޖެހިދާނެ.
ކޮންތާކުންހޭ، ކޮން އިރަކުހޭ ގޯތި ދެނީ؟ https://t.co/Zvcb9iD4RR
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) June 27, 2023
ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަކަމަށާއި، އަދި އެއީ ހައްލުތަކެއް ގެނައުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއްވެސް ދެއްވާ އެއް މައްސަލަވެސްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުގެ ފުރިހަމަ ޕްލޭނެއް އެބައޮތްކަމަށެވެ. އަދި ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތުގައި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ގޯތީގެ ލިޔުން ހަވާލު ކުރާނެ ތާރީހަކާއި، ގޯތި ލިބުނު މީހުންނަށް ލިބޭނީ ކޮންކޮން ތާކުން ކަމެއް ހާމަކޮށްފައިނުވެއެވެ.
މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކަމަށް ސަރުކާރުން ބުނެއެވެ.