Saturday, 15 June 2024

ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވަން ރައީސް އިލްތިމާސްކުރައްވައިފި

އީދުގެ އެންމެ ބޮޑު މަގްސަދަކީ އެކަކު އަނެއްކަކަށް މާފުކޮށް ހިތްހެޔޮ ކުރުން ކަމަށާއި މިއަދުން ފެށިގެން ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ޚިތާބުގައެވެ.
"އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިފަދަ ކޮންމެ މުނާސަބަތެއްގައި ނިކަމެތިންނާއި ފަގީރުންނާއި މިސްކީނުން މަތިން ހަނދާންކޮށް އެ މީހުންނަށް އެހީތެރިވާންޖެހޭ ކަމަށާއި، އަދި މިއީ މުޖުތަމައު އެކުގައި މަސައްކަތްކޮށް، ފޯރުންތެރިކަން ހުންނަ ފަރާތްތަކުން ނިކަމެތިންނަށް އެހީތެރިވެދޭން ޖެހޭ މޫސުމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އީދާ ގުޅިފައިވާ ހައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުން ރަމްޒު ކޮށްދެ އެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ މުހިންމު ކަން ވެސް ދައްކުވައިދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިހުއްނެވީ މާފުދީގެންތޯ ހާދައޯގާތެރި ވެރިއެއްދެއްތޮ މިވަރު ކަމެއްހަމަ ދެކެދެކެވެސް ނުދެކެން ވާހް ވާހް މިއޮތީވާ ކަމެއް މިރާއްޖެ އައްޖެހިފަ އންޝާﷲ މިކަމުން ދިވެހިގައުމު މިންޖުކުރައްވާށި އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު