އީދުގައި އައްޑޫއާއި ފުވައްމުލަކުގައި ސިފައިންގެ ޕެރޭޑު ބާއްވަނީ

މި އަހަރުގެ އަޟްހާ އީދު ފަހަގަކުރުމުގެ ގޮތުން، އެމްއެންޑީއެފުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ޕެރޭޑްތަކެއް ބާއްވަން ނިންމަވައިފިއެވެ.
ފުރަތަމަ ޕެރޭޑް އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައި ކަމަށާއި، މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ހިތަދޫ ސްކޫލް ކުރިމަތިން ޕެރޭޑް ފަށާނެ އެވެ. ޕެރޭޑް ނިންމާނީ އެ ރަށު "ސަރުސަނާ 3″ ފިހާރަ ކުރިމައްޗަށް ކަމަށް މަޢުލޫމާތު ދެއްވައެވެ.
އަންނަ ބުރާސްފަތި ދުވަހު ޕެރޭޑް އޮންނާނީ އައްޑޫގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކަމަށާއި، އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ޕެރޭޑް ފަށާނީ މަރަދޫ މުދިންގޭ މަގާއި ބޮޑު މަގު ގުޅޭ ކަންމަތިން ކަމަށްވެސް މަޢުލޫމާތު ދެއްވައެވެ. އަދި ޕެރޭޑް ނިންމުމަށް ހަމަޖެހިފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.
ހުކުރު ދުވަހު ޕެރޭޑް އައްޑޫގެ ހުޅުދޫ އަދި މީދޫގައި، އޮންނާނީ އެ ދުވަހު ހަވީރު ހަތަރަކުން ފެށިގެންނެވެ. ޕެރޭޑް އޮންނާނީ، ހުޅުދޫ އޮފީސް މަގާއި ބޮޑު މަގު ގުޅޭ ކަންމަތިންނެވެ. އަދި ޕެރޭޑް ނިންމާނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.
ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީގައި ޕެރޭޑް ބާއްވާނީ، އެ ދުވަހު ހަވީރު ހަތަރެއް އިން ފެށިގެން، ޏ. އަތޮޅު ތައުލީމީ މަރުކަޒު ކުރިމަތިންނެވެ. ޕެރޭޑް ނިންމާނީ މައިލޯ ސްޓޭޑިއަމް ކުރިމައްޗަށެވެ.
އައްޑޫ ސިޓީގެ ރަށްތަކާއި ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ޕެރޭޑްގައި ސިފައިންގެ އިތުރުން، އެ ދެ ސިޓީގެ ސްކޫލްތަކުގެ ކެޑޭޓުން ވެސް ބައިވެރިވާނެއެވެ. އަދި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށް މަޢުލޫމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު