މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާގެ ރައްޔިތެއް ހިމެނޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެކަނި ކުރިމަތިލައިގެން އޭނާ އަށް ވަނީ 62 ޕޮއިންޓު ލިބިފައެވެ. އަދި ގުޅިގެން ހުށަހަޅައިފިނަމަ ގޯތި ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ ލިސްޓުގައި ބުނެފައިވެއެވެ.
އޭނާ އަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ އިންޑިއާ ރައްޔިތެއްކަމާއި، އޭނާ ރަށްވެހިކަން ހޯދާފައި ވަނީ 2019 ވަނަ އަހަރު ކަމާއި، އަދި ދިވެހި އައިޑީކާޑާއި ޕާސްޕޯޓެއް ވެސް އޮންނަ ކަމަށް މަޢުލޫމާތު ލިބެއެވެ..
ރާއްޖޭގެ ރަށްވެހިކަން ހޯދިތާ ފަސް އަހަރު ވެސް ނުވާ މީހަކަށް ގޯތި ލިބިފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތަކަށްވާން ޖެހެ އެވެ.