ޢީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫންކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފިއެވެ.
އީދު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިއްވި ޚުތުބާގައި އީދު ދުވަހަކީ ﷲ ހަނދުމަ ކުރުން މަތީ ދެމިތިބެންޖެހޭ ދުވަހެއްކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އީދު ދުވަހަކީ އުފާވެރި ބާއްޖަވެރި ދުވަހަކަށް ހެދުމަށްޓަކައި އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ދެއްވި ޢީދު ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނުގައި ޢީދު ފާހަގަކުރަނީ ޝަހުވަތްތަކުގެ ފަހަތުން ދިޔުމަށް ނޫންކަމަށާއި އެއީ ﷲގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލަދޭ ދޮރެއްގެ ގޮތުގައިވެސް ނޫންކަމަށެއެވެ. އިސްލާމް ދީނުގައި ޢީދުތަކަކީ ﷲގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއްކަމަށާއި، އަޟްޙާ ޢީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާއި އެކުގައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ ޢީދުގެ ސަބަބުން އިސްލާމީ ދުނިޔެއަށް މި ވަނީ އުފާވެރިކަން އާންމުވެފައިކަމަށެެވެ. އަދި މި ދުވަސްވަރަކީ އަޅުކަމުގެ ފޯވައްސެއްކަމަށާއި، މިދުވަސްތައް އެކަކު އަނެކަކު ހިތްހެޔޮކުރުމުމާއި އެއްބަޔަކު އަނެއްބަޔަކާއި އަތާއި އަތް ޖޯޑުކޮށް ސަލާމުން ގަލާން ކުރުމާއި، އެކަކު އަނެކަކަށް އަޅާލާއި ހެޔޮކަންތައްތަކާއި ތަގްވާވެރިކަމުގައި އެއްބާރުލުން ދޭ ދުވަސްތަކަށް ހަދަން ޖެހޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އިސްލާމީ ޢީދަކީ އާއިލީ ގުޅުންތަކާއި އަދި ރައްޓެހި ރަހުމެއްތެރިކަމުގެ ގުޅުންތަކުގެ މަތިން ހަންދާންކޮދޭ ދުވަހެއްކަމަށް ވިދާޅުވެ ޢީދު ޚުޠުބާގައި ވަނީ މާތްﷲ ހަނދުމަކުރެއްވުމަށް ގޮވާލައްވާފައެވެ.
އެކަނިވެރިޔާ އޭނާގެ އާއިލާ މަތިން ފަގީރުމީހާ އޭނާގެ މުހުތާދުތަކުގެ މަތިން ބީރެށްޓެހިމީހާ އޭނާގެ ރަށްޓެހީންގެ މަތިން ބިދޭސީމީހާ އޭނާގެ އޭނާގެ ގައުމުމަތިން ޔަތީމުކުއްޖާ އޭނާގެ މައިންބަފައިންމަތިން ހަނާދާންކޮށްދޭ ދުވަހެއް.
– ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ މާތް ﷲ މުސްލިމުއްނަށް ގޮވާލައްވަނީ އެކަލާންގެ ގެފުޅަށް ޒިޔާރަތް ކުރުމަށެއެވެ. އަދި މާތް ﷲގެ ބަރާކާއްތެރި ހަރަމްފުޅު ލައްވާފައިވަނީ ސަވާބު ލިބިގަތުމުގެ ތަނެއްކަމުގަޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. ޢީދު ޚުޠުބާގައި ވަނީ މިއަދު ޢީދު ފާހަގަކުރަމުންދާއިރު އިބްރާހިމްގެފާނާއި އިސްމާޢީލްގެފާނުގެ ގުރުބާނީން ދަރުސްތަކެއް ލިބިގައްނަން ޖޭހޭކަމަށާއި، އެއީ ﷲގެ ވަޖުހުފުޅަށްޓަކައި ހޭދަ ކުރުމުގެ ދަރުއްސެއްކަމަށް ވިދާޅުވެފައެވެ. އަދި އެއީ ﷲގެ ވަޖުހުފުޅަށް ކެއްތެރިވުމުގެ ދަރުސެއްކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
ޚުޠުބާގައި ވިދާޅުވީ އިސްލާމީ އުއްމަތް ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެންކަމަށެއެވެ.