ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާ ހަފީޒު އެކްސިޑެންޓްވެ އައިސީޔޫގައި ފަރުވާދެނީ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާ ޢަލީ ހަފީޒު އެކްސިޑެންޓުގެ އޭޑިކޭގެ އައިސީޔޫގަިއ ފަރުވާދޭން ފަށައިފިއެވެ.

ހަފީޒު އެކްސިޑެންޓުވީ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ގެޔަށް ދެނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ. ހަޒީފަކީ ޕީއެންސީގެ ނައިބް ރައީސް ޝުޖަގެ ބޭބެއެވެ. އެ އެކްސިޑެންޓް ހިނގީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ކައިރީގައެވެ. ފުލުހުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 5:00 ޖަހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގަިއ ހަޒީފުގެ ހާލު ސީރިއަސްއެވެ. މިވަގުތުވެސް ފަރުވާ ދެމުންދަނީ އޭޑީކޭގެ އައިސީޔޫގައެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ އެކްސިޑެންޓް ވުމުން ސަރަހައްދުގައި ތިބި ބަޔަކު އޭނާ ނަގައިގެން ގެންދާތަން ފެނެ އެވެ. އަދި ސައިކަލު ދުއްވަން އިން މީހާ އެހެން ސައިކަލަކަށް އަރުވައިގެން ގެންދާތަންވެސް ފެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ