ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އަނބިކަނބަލުން ފަޒުނާ އަހުމަދު ޢީދު ފާހަގަ ކުރުމަށް އއ.ތޮއްޑޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ތޮއްޑޫއަށް ވަޑައިގެންނުވުމުން އެރަށުގެ ކުދި ބޮޑު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ތޮއްޑޫގައި ވަނީ އީދާއި ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ. އެގޮތުން މިއަދު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށް ވަނީ ހަމެޖެހިފައެވެ. މިޖާފަތުގައި ރައީސް ޞާލިހާއި، ރަށުގެ ރައްޔިތުން ބައިވެރިވާނެއެވެ.
އީދާއި ގުޅިގެން މިއަދާއި މިރޭވެސް ތޮއްޑޫގައި ކުރިއަށްދަ ހަރަކާތްތަކުގައި ރައީސްގެ ދެ ކަނބަލުނން ބައިވެރިވާނެއެވެ. ޢީދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވައި ރައީސުލްޖުމްހޫރިއްޔާ ފޮނުވި ޚިތާބުގައި ވިދާޅުވީ އުފާ ފާޅުކޮށް އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަސްތަކެއް، އަޅުގަނޑުމެންގެ ދީނުގައި ކަނޑައަޅުއްވާފައިވަނީ ވަރަށް މަތިވެރި އިލާހީ ޙިކްމަތަކަށްޓަކައިކަމަށް ވިދާޅުވިއެވެ.
This morning, President @ibusolih and First Lady Fazna Ahmed arrived at Thoddoo Island in the North Ari Atoll. They received a welcoming reception from the island's community and are scheduled to attend a traditional lunch hosted by the women’s community. pic.twitter.com/8mPxXU2CcJ
— The President's Office (@presidencymv) June 28, 2023
އިސްލާމީ އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އިޖްތިމާޢީ މަޞްލަޙަތުތައް ރައްކާތެރިކުރުމަކީ، ޢީދު ފާހަގަކުރުމުގައި ޙާޞިލުކުރަންޖެހޭ އެންމެ މަތިވެރި މަޤްޞަދުތައްކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ ދެ ޢީދާއި އެ ދެ ޢީދުގެ ކުރިން ފުރިހަމަކުރާ އަޅުކަންތަކުންވެސް މި މަޤްޞަދުތައް ޙާޞިލުކުރުމަށް މަގު ފަހިކޮށްދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.