18 ޖަނަވަރީ 2025
ތަރައްޤީކުރި ހިމަންދޫ ބަނދަރު، ފޮޓޯ: ޕީއެސްއެމް

ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހމަންދޫގައި ސަރުކާރުން ތަރައްޤީކުރީ 700 ފޫޓުގެ ބޮޑު ބަނދަރުގެ މަސައްކަތް ނިންމާލައިފިއެވެ.

ހިމަންދޫގެ ބަނދަރަކީ، ރަށުގެ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މަޝްރޫޢުއެކެވެ. އެތަށް ދުވަހެއްގައި ރައްޔިތުން އުފުލި ތަކުލީފަށް ނިމުންގެނުވި މުހިންމު މަޝްރޫޢުއެކެވެ. އަދި ލޯކަލް ޓޫއަރިޒަމްގެ ޚިދުމަތް ރަށުގައި ފަށައިގެން އަންނައިރު މުހިންމު ޚިދުމަތެކެވެ.

މި މަޝްރޫޢުގެ ދަށުން 28 ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކާ، 372 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 405 މީޓަރުގެ ބޭރު ތޮށްޓެއް ވަނީ ޤާއިމުކޮށްފައެވެ. އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހާ، އެއްގަމު ތޮށްޓާއި ބޭރު ތޮށި ގުޅުވާލުމަށް ފާލަމެއް ހެދުމުގެ އިތުރުން، ބާޖުތަކަށް ފަސޭހައިން ބަނދަރާއި ގާތްކުރެވޭގޮތަށް ރޭމްޕެއްވެސް ޤާއިމުކޮށްފައިވެއެވެ.

މީގެ އިތުރުން، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ތަރައްޤީކޮށް، ބަނދަރާއި އިންވެގެން 1750 މީޓަރު ދިގު ޕޭވްމަންޓް މަގު ތަރައްޤީކޮށް، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު