25 ޖަނަވަރީ 2025
ހަ "ވާ" އެރުވުން، ކުޅުދުއްފުށި

ކުޅުދުއްފުށީ ޢީދު ކުޅިވަރު އަބަދުވެސް ތަފާތު، މިފަހަރު ހަވާ އެރުވުންވެސް ތަފާތު

ކުޅުދުއްފުށީ ޢީދު ކުޅިވަރު އަބަދުވެސް ތަފާތެވެ. މިފަހަރުގެ ޢީދު ކުޅިވަރުވެސް އެހާމެ ތަފާތެވެ. މިފަހަރު އެރުވީ ހަ ވަލެވެ.

ހަވާ އަރުވާ މަންޒަރު ބެލުމަށް ގިނަ ބަޔަކު ޝަޢުޤުވެރިވެއެވެ. ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެ، އެކަމުން އުފާ ޙާޞިލުކުރެއެވެ. އެހެން ފަހަރުތަކުގައިވެސް ހަވާ އަރުވާތީ، މިފަހަރުވެސް "ހަވާ" އަރުވާނެކަން އިއުލާންކޮށްފައި އޮތުމުން ގިނަ ބަޔަކު ކުޅުއްފުށީ ހިއްކި ބިމަށް ޖަމާވިއެވެ. ބައެއް މީހުން ފޮޓޯ ނަގަން އެންމެ ރީތިވާނެކަމަށް ބެލެވޭ ތަންތަނަށް އަރާ ތައްޔާރުވިއެވެ. އެކި ޢުމުރުފުރާގެ އެކި ގިންތީގެ މީހުން ހަވާ ބެލުމަށް ޖަމާވިއެވެ.

އެހެންނަމަވެސް، ކަންވީ އެހެން ގޮތަކަށެވެ. މިފަހަރު އެރުވީ ހަވައެއް ނޫނެވެ. ފެނުނީ 6 ވަލެވެ. ހިއްކި ބިމުގައި ހުރި ސްޓޭޖަކުން ހަވާ އަރުވަނީކަން އިއުލާންކޮށް 6 ވާގަނޑަކަށް ފޮށިތަކެއް އެރުވީއެވެ. ސައިޒުން މާބޮޑު ނޫން އެ ފޮށިތަކުގައި އެކަކުން ހަޔަކަށް ނަމްބަރު ޖަހާ، "ވ" މިހެން ލިޔެފައި ހުއްޓެވެ.

މިކަން މިހެން ކުރުމުން ބައެއް މީހުންނަށްވީ މަޖަލަކަށެވެ، ނަމަވެސް އަނެއް ބަޔަކު ހިތްހަމަ ނުޖެހުނެވެ. މިކަމާ ގުޅިގެން ބައެއް މީހުންގެ ޝަކުވާ ކައުންްސިލާ ހަމައަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ކައުންސިލާމެދު ބައެއް މީހުން ނުރުހުން ފާޅުކުރިއެވެ.

މިކަން އިންތިޒާމް ކޮށްފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ރަށުގެ ކައުންސިލަކަށް މިކަމާބެހޭ މާ ބޮޑު މަޢުލޫމާތެއް ލިބަފައެއްވެސް ނެތެވެ. އަދި މިކަން އިންތިޒާމްކޮށްފައި ވަނީ ކުޅުއްފުށީ ކައުންސިލުން ނޫން، އެކައުންސިލުގެ ރައީސް ކަށަވަރުކޮށްދެއްވިއެވެ.

https://www.facebook.com/531985686/posts/pfbid02oXsDqJmdcxTB6T2YXL1kgwGA7AoghytCdeKhntWLdj5NsF527hHYrBQqv2aPAVU3l/?mibextid=cr9u03

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު