Monday, 07 October 2024

މައިދާނުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރުމަށް ޑރ. އިޔާޒް ގޮވާލައްވައިފި

މައިދާނުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރަމަށް  ޑރ. މުޙައްމަދު އިޔާޒް ގޮވަލައްވައިފިއެވެ.

ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައިދާނުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރަން ޖެހޭކަމަށާއި، ޟުޙާ ވަގުތު ޖެހުމުން ޢީދު ނަމާދުގެ ވަގުތު ޝަރްޢީ ގޮތުން ވަންނައިރު، ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތްކަމަށް ބުނެ، 7:30 ވަންދެން، ނުވަތަ އަވިގަދަވެ، މީސްތަކުންނަށް ނަމާދުގެ ސަމާލުކަން ގެއްލޭ މިންވަރަށް ކަންތައްތައް ދަންދެން މަޑުކުރުމަކީ އެއްވެސް މަޞްލަޙަތެއް އޮތްކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު މިހެން ގޮވާލެއްވި ޓްވީޓް ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އަށާއި އިސްލާމިކް މިނިސްޓްރީއަށް ޓެގްކުރައްވާފައެވެ. އެމަނިކުފާނު މިހެން ގޮވާލެއްވާ އާންމުންގެ މެދަށް މި ޚައްސާސް މައްސަލަ އާންމުންގެ މެދަށް ބަހުސަކަށް ޖާގަ ލިބޭ ގޮތަށް ދޫކުރައްވާފައިވާއިރު، އިސްލާމިކް މިނިސްޓްރީއަކީ 2008 ގެ ފަހުން އައި ކޮންމެ ސަރުކާރެއްގައިވެސް އެ މަނިކުފާނު ނިސްބަތްވާ އަދާލަތު ޕާޓީން ހިންގަމުން އަންނަ މިނިސްޓްރީއެކެވެ.

މީގެ އިތުރުން، އާންމުންގެ މެދަށް މިފަދަ ޚައްސާސް މައްސަލައެއް ދޫކުރައްވާފައިވާއިރު، އިސްލާމީ ފަތުވާ ދޭ މަޖިލީހުގައި އަދި ކުރީގެ ފިޤްހް އެކަޑަމީއަށް މިފަދަ މައްސަލައެއް ހުށަހަޅުއްވައިގެން ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޢީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:30 އެވެ. މީގެ ކުރިން 2008 ގެ އެމްޑީޕީ ވެރިކަމާ ޙަވާލުވުމަށްފަހު، ހުކުރު ނަމާދު ވަގުތަށްވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެ ގަޑިއެއް އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެއެވެ. އޭރުވެސް އިސްލާމިކް މިނިސްޓްރީއަކީ އަދާލަތު ޕާޓީއަށްް ނިސްބަތްވާ ވަޒީރަކު ބަލަހައްޓަވަމުން ގެންދެވި މިނިސްޓްރީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިހާރު ދެން ނުވެ އޮތީ ތިޔަކަންތައް އަދި ބުނާތި ދީންވެސް މިހާރު ބަދަލު ކުރަން އެބަޖެހެޔޭ މިކަހަލަ މުނާފިގުން ގެ ބަލާވެރި ކަން މިހާރު މިގައުމައް މިޖެހެނީ މީދެން ކާކު

  2. މީ ފައްކާޖާހިލެއް! މިކަހަލަ ޖާހިލުން ކިޔަވައިގެނޭ ކިޔައިގެން އައިސް މުޅި އިސްލާމީއުންމަތް ފަނާކޮށްލައިފި! އިސްލާމީ އުންމަތް ދުވަހަކުވެސް ކާފަރުންގެ ކުރިމަތީގައި މިއަދު މި ވެއްޓިފައިވާ ވަރަށް އަގުވެޓި ފައެއްނުވޭ! މިއަދު ކާފަރުންތަށް އިސްލާމީ އުންމަތާ ކުޅެ ބޭނުންގޮތެއް ހަދަމުން އެގެންދަނީ އާރެއްބާރެއް ނެތީމައެވެ. އިސްލާމީ އުންމަތުގެ ބާރަކީ ހަތިޔާރާ ފައިސާގެ ބާރެއްނޫނެވެ. އެއީ ﷲގެ ޙަޟުރަތުން އެމީހުން ހޯދާބާރެކެވެ. ނަމަވެސް މިހާރު އިސްލާމީ އުންމަތުން މަސައްކަތް ކުރަނީ އިލާހީ ބާރު ހޯދާކަށް ނޫނެވެ. ހަތިޔާރާ މުދަލުގެ ބާރު ހޯދާށެވެ. ޢިލުމުވެރި ބަސްފުޅެއްގައި އޮންނަނީ، " ކާފަރުންނާ އެއްދަރަޖައަކަށް މުސްލިމުވެރިންނާ ޢިލުމުވެރިންނާ ޒުވާނުންގެ ފާފަތައް ހިގައްޖެނަމަ ދެން ހަނގުރާމައިގައި ނަސްރު ލިބޭނީ ހަތިޔާރާއި ފައިސާގެ ގޮތުން ކުރިއަރާފައިވާ ބަޔަކަށެވެ." އިލާހި ޙަޟްރަތުން މުސްލިމުންނަށް ލިބޭނެ ނަސްރެއްނެތެވެ. އެގޮތުން މިކަލޭގެވެސް ވަޒީފާ ގަނެފައި އެވަނީ އެކަހަލަ ގޮތެއް ހަދައިގެނެވެ. ދިވެހިރާއްޖޭގައި އިސްލާމް ދީން އޮންނަތާ އެއްހާސް އަހަރުވެއްޖެވެ. ދިވެހިރާއްޖެއިން ރަސްމީކޮށް އިސްލާމްދީން ބަލައިގަތް ފަހުން އަށްސަތޭކަ ނުވަދިހަ ވަރަކަށް އަހަރުވިއަސްވެސް، ރާއްޖެވަނީ އިސްލާމްދީންމަތީގައި އެއްހާސް އަހަރު ވެއިތު ކޮށްފައެވެ. ހިޖުރައިން ފަސްވަނަ ޤަރުނު ނިމުމުގެ ކުރިން އިސްލާމް ދީނުގެ އަސލު ވަނީ ދުނިޔޭގެ ހުރިހައި ޤައުމަކަށް ލިބިފައެވެ. އެހެންވެ އެ އަސްލުގެ މަތީގައި ދިވެހި ދައުލަތް ހިނގަމުން އަންނަތާ ނުވަސަތޭކަ އަހަރު ވެގެންދާއިރު، އަސްލުގެ މަތީގައި ބިނާވެފައި އޮތް އޮތުމަށް ބަދަލު ގެންނަށް އެހިފަނީ މި މީހުންގެ މޮޅުކަން ދަށްކަން ވެގެނެވެ. ޙަޤީޤަތުގައި މިމީހުންނަކީ ތައުލީމެއް ބިނާކޮށް އެ ބިނާތައުލީމު ކިޔަވައިގެން އައިސްތިބި ބައެކެވެ. އިސްލާމްދީނުގެ ޢިލުމުގެ އަސްލެއް މި މީހުންނަކަށް ނުއެނގެއެވެ. މި މީހުންގެވެސް އަގުވެއްޓި މީހުން ހާރުވަމުން އެގެންދަނީ އެހެން ވެގެންނެވެ. އަގެއްނެތި މަގުމަތީގައި އޮތް ކުނިގަނޑަކަށް ވެގެން އެ އުޅެނީ އެހެން ވެގެންނެވެ.

  3. އަވިން ސަލާމަތްވުމަށް ގޭގައި ހުރެ އެފަދަމީހަކު އަވަހަށް ނަމާދުކުރާށެވެ. މަނަލެއް މިކަމުގައި ނެތެންނުންތޯ! ގަޑި ބަދަލުނުކުރެވޭނެނުން..
    ** ދެން ގަންނަންޖެހޭނީ މާ އަގުބޮޑު ގަޑިއެއްނުން.. ކޮންމެ އަހަރަކަށް ގަޑިބަދަލުކުރާނަމަ އެއީ ހާދަ މުއްސަނދި މީހެކޭ.**

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު