18 ޖަނަވަރީ 2025

ޑިމޮކްރެޓުުން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފަށަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނުކޮށްފައިވާ "ދަ ޑިމޮކްރެޓްސް" އިން އެ ޕާޓީގެ މެނިފެސްޓޯއަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް ތައްޔާރީތައްވަމުންދާ ކަމަށާއި މެނިފެސްޓޯއަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި މިރޭ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު މި ބައްދަލުވުމުގައި ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ.

ޑިމޮކްރެޓުން މެނިފެސްޓޯއެއްގެ މަސައްކަތް ފަށާފައި މިވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ވެސް ބޭއްވުމުގެ ކުރިންނެވެ. އެޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސަން (އީސީ) އިން ހުއްދަ ދޭނީ އަންނަ އާދީއްދަ ދުވަހުއެވެ.

ދަ ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ވަނީ މީގެކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކުގައި ވެސް ސިޔާސީ މަޝްވަރާތަކާއި ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްކޮށްފައެވެ. އެކަމަކު، ވަކި ހިސާބަކުން އެ މަޝްވަރާތައް ހުއްޓިފައިވާ އިރު، އެ މަޝްވަރާތައް ކުރިއަށްދާ ތަނެއް ނުފެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު