މާލެ ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ގޯތީގެ ތެރެއިން ހުޅުމާލެއިން ދެވެންއޮތީ 700 ގޯތި ކަމަށާއި، އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރައްވައިފިއެވެ.
ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.
ގޯތި ލިސްޓު އިއުލާންކޮށް ޝަކުވާއަށް ހުޅުވާލާފައިވާއިރު މިހާތަނަށް ގޯތި ލިބުނު އެއްވެސް މީހަކަށް އެމީހަކަށް ގޯތި ލިބެނީ ކޮންތާކުންތަކެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. އަދި އެކަން ލިސްޓަކުން އެނގޭކަށްވެސް ނެތެވެ. އާޒިމް ވިދާޅުވީ މާލެ ސަރަހައްދުން ދޭކަމަށް ބުނާ ގޯތީގެ ތެރެއިން ހުޅުމާލެއިން ދެވެން އޮތީ އެންމެ ގިނަވެގެންވެސް 700 ގޯތި ކަމަށެވެ. އަނެއް 4،300 ގޯތި ދެއްވަނީ ކޮންތާކުންކަން ހާމަކޮށްދޭން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.
ވެރިކަން ނިމެން ބާކީ އޮތީ 71 ދުވަސް. ހުޅުމާލެއިން ދެވެންއޮތީ 700 ގޯތި. އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯއެވެ. ސާފުކޮށް ރައްޔިތުންނަށް ބުނެދީބަލާށެވެ. ގޯތިލިބިގެން އުފަލުން ރޮވުނު ފަރާތްތައް ތިޔަ އުޅެނީ މޮޔަ ކޮށްލަންތޯއެވެ.
– އާޒިމް ވިދާޅުވިއެވެ.
ޝަރުތު ހަމަވެ މިފަހަރު ގޯތި ނުލިބުނު އެންމެނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކުރިއަށްހުރި މަޝްރޫޢުތަކުން ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ގޯތި ލިބޭނެކަމަށް ކަނޑައަޅަ ޢާންމުކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައި 15އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އޭގެފަހުން ދާއިމީ ލިސްޓު ޢާންމުކުރައްވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ގޯތި ލިސްޓާއިމެދު ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ބިދޭސީންނަށް ގޯތި ލިބޭގޮތަށް ލިސްޓުގައި އޮތުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މާލޭގަރަޖިސްޓަރ ވެފަވާއާއިލީގުޅުން އޮތްމީހުންނަށް 700 ގޯތި ހުޅުމާލެފޭސް2 އިން ދެންހުރި، ދޭންބުނާ ގޯތި ދޭން އެބުނާބައެއްގެ ބަޑުގަ .