Friday, 11 October 2024

ލިސްޓުގައި އޮތީ 3 ބިދޭސީންގެ ނަން: އަކްރަމް

މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓުގައި މާލޭ ރަށްވެހިންގެ ގޮތުގައި ތިބި ތިން ބިދޭސީއެއްގެ ނަން އޮތް ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އިސްލާހުކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ގޯތި ލިސްޓްގައި އޮތް ދިހަ މީހުންގެ ނަން ކަމަށް ބުނެ އިންޓަނެޓްގައި ދައުރުވަމުންދާ ލިސްޓަށް އިޝާރާތްކޮށް އަކްރަމް ވިދާޅުވީ އެލިސްޓްގައި އޮތީ ރަގަޅު ވާހަކައެއް ނޫން ކަމަށެވެ. އާއްމު ވެގެން އުޅޭ ދިހަ މީހުންގެ ނަމުގެ ތެރޭން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު ތިން މީހުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރައްވެހިކަން ހޯދާފައިވާ ތިން މީހަކަށް ގޯތި ލިބިފައިވާ ކަމަށް ލިސްޓްގައި އޮތް އޮތުން ދިފާއުކޮށް އަކްރަމް ވިދާޅުވވީ ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކި މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މައްސަލައެއް އޮތް ނަމަ އެ ކަމެއް ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ. ދާއިމީ ލިސްޓް ނުކުންނާނީ އެކަންކަން ބެލި ރަނގަޅު ކޮށްފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ.

މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

ޝަރުތު ހަމަވެ މިފަހަރު ގޯތި ނުލިބުނު އެންމެނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކުރިއަށްހުރި މަޝްރޫޢުތަކުން ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ގޯތި ލިބޭނެކަމަށް ކަނޑައަޅަ ޢާންމުކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައި 15އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އޭގެފަހުން ދާއިމީ ލިސްޓު ޢާންމުކުރައްވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މާނައަކީ އާންމުން މިކަން ފާހަގަ ނުކޮއްފިއްޔާ އެމީހުނައް ގޯތިދޭނެއޭތޯ،މިމީހުން އެކަންބަލަންނުޖެހެނީތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު