25 ޖަނަވަރީ 2025
ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްގެންދާ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢުގެ ކުރެހުމެއް

ހައިވޭއާއި ހުޅުމާލޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަރަންޓް އުފައްދަން ތައްޔާރުވެއްޖެ

ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްގެންދާ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢު ނިންމާލުމަށްފަހު އަންނަ އޮގަސްޓްމަހު،  ކަރަންޓް އުފައްދަން ތައްޔާރުވެއްޖެއެވެ.

ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.

Highway lane to close for solar panel installation | Atoll Times

ހަކަތަ ނުވަތަ ތެލުގެ އެކި ބާވަތްތައް އިމްޕޯޓްކުރުމަށް އެތައް ފައިސާއެއް ދައުލަތުނ ޚަރަދުކުރަމުންދާއިރު، މިދިޔަ އަހަރުތަކުގައި މިއަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށްވެސް ގޮސްފައެވެ. ތެލުގެ އަގު ބޮޑުވުމުގެ އަސަރު ރައްޔިތުންނަށް ނުކުރާނެކަން ޔަގީންކުރުމަށް ސަރުކާރުން ސަބްސިޑީ ދިންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތަކަށް ނުވާތީ، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓްމަންޓްތައް ޤާއިމްކޮށް، އެކަމަށް ސަރުކާރުން ދަނީކުރައްވަމުންނެވެ. އަދި 2030 ވަނަ އަހަރަށްދާއިރު ޖައްވަށް ވިހަ ގޭސް ދޫކުރުން އެއްކޮށް ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒެއް ކަނޑައަޅާފައެވެ.

އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ވޯލްޑް ބެންކުގެ އެހީގައި ކުރިއަށްގެންދާ އެސްޕަޔަ މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްރަށުގެ ކަރަންޓް ވިއުގަތަކަށް ޒަމާނީ ފެންވަރަށް ތަރައްްޤީކުރުމަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 17.5 މެގަ ވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ މަސައްކަތަކީ އެސްޕަޔަރ މަޝްރޫޢުގެ ދަށުން އުފެއްދުމަށް އަމާޒު ކަނޑައަޅާފައިވާ 17.5 މެގަ ވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ ތެރެއިން 5.6 މެގަވޮޓްގެ ޙަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކުރިއަށްދާ މަސައްކަތްތަކެވެ. މިއީ މިހާތަނަށް އެއް ސަރަހައްދެއްގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢެވެ.

އެހެންނަމަވެސް، މި މަޝްރޫއުގެ ސަބަބުން ހުޅުމާލެއާ މާލެއާ ދޭތެރޭ ދަތުރު ކުރާއިރު ލިބޭ ހިތްފަސޭހަ ކަމަށް ހުރަސް އެޅޭކަން ފާހަގަކޮށްލަންޖެހެއެވެ. ދަތުރުކުރަމުންދާ އިރު ފެންނަ ޤުދުރަތީ ރީތި މަންޒަރުތައް، ޖަހާފައިވާ ތަނބުތަކުގެ ސަބަބުން ފޮރިވެގެންގޮސް، ހައިވޭ އަކީ މިހާރު ޓަނަލެއް ގޮތަށް ސިފަކުރެވެމުންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު