ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އޮނަރަބަލް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމެޕެއިންގެ ދަތުރުތައް ފަށައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެމެޕެއިން އަތޮޅުތެރޭގައި ފެށުމުގެ ގޮތުން ޕާޓީގެ ސީނިއަރ ޓީމެއް ބ އަދި ރ އަތޮޅަށް މިއަދު ފުރާފައެވެ.
ޕާޓީގެ ޑެޕިއުޓީ ލީޑާރ އަދި އުތުރު ކެމްޕެއިން މެނޭޖަރ އަމީން އިބްރާހިމްގެ އިސްވެ ހުންނަވައި މި ފެށި ދަތުރުތަކުގައި، ލީޑަރޝިޕްގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނޭ ޕާޓީގެ ލީޑާރ ޤާސިމް އިބްރާހިްގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި، ޕާޓީގެ ލީޑަރގެ، ސްޕެޝަލް އެޑްވައިޒަރ ޢަބްދުﷲ ނަވާޒްއާއި، ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަލީ ޙުސައިންއާއި، ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބްރައީށް ޝުއައިބް ޝިފާޒް ޝަރީފްއާއި، ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއު ބައިވެރިވެވަޑައިގަންނަވަމެވެ.
މިޓީމް ބ އަތޮޅުގެ ހުރިހާ ރަށަކަށާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން މަޢުލޫމާތު ދެއެވެ. މިޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެކަމަށާއި، އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރަށްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކުރާނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑީޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެކަމަށް ހާމަކުރަމުން، ބ އަތޮޅުގެ އިތުރުން މިހާރު ހއ. އއ. ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ޙާރަކާރްރައް ފެށިގެން ކުރިއަށް ދާކަމަށް ފާހަގަކުރިއެވެ. މިގޮތުން ޖޭޕީގެ ލީޑަރގެ އެޑްވައިޒަރ ޔަޝްފާ އަބްދުލް ޢަނީގެ ލީޑަރ ޝިޕްގެ ދަށުން މަކުނުދާއިރާގެ ރަށްރަށުގައި މިހާރު ވެސް ކެމްޕެއިން ޙަރަކާތްތައް ކުރިއަށް އެބަދެއެވެ.
ކައުންސިލް މެމްބަރ މުޙައްމަދު އަލީ އަދި ދައިރާ ކެމްޕެއިން ފޯކަލް ޕޮއިންޓް ފަޒީލާ ރަޝީދު މަތިވެރި ދާއިރާގައި ކެމްޕެއިން ޙަރަކާތްތައް ކުރިއަށް އެބަގެންދެއެވެ. އީދު ބަންދާއި ދިމާކޮށް އަތޮޅުތެރޭގެ ކެމްޕެއިން ފެށުމާއިއެކު ޖޭޕީއިން ގެންދަވަނީ ކެމްޕެއިން ޙަރަކާތްތައް ފުޅާކުރަމުންނެވެ.