Thursday, 18 April 2024

އައްޑޫގައި މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި މީހަކު، ދޫކޮށްލިތާ އެއް ދުވަސް ފަހުން، މީހަކަށް މަރުގެ އިންޒާރު ދީގެން އަލުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސ. ހުޅުމީދޫގައި ރަށު ތެރޭގެ އަމަން ނަަގާލަން އުޅުނު ކަމުގެ ތުހުމަތުގައި މި މަހުގެ 27 ވަނަ ދުވަހު މީހަކު ހައްޔަރުކުރި ކުރިކަމަށެވެ. އެއީ އުމުުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ފުުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު 24 ގަޑިއިރު ފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުން މީޑީއާތަކަށް ފޮނުވި މެސެއްގައި ބުނެފައިވެއެވެ.

އޭގެ ފަހުން އިއްޔެ އަލުން އޭނާ ހައްޔަރުކޮށްފައިވަނީ މީހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން އަންނަނީ އޭނާގެ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *