Thursday, 18 April 2024

އިންސާފުން ގޯތި ދީފައިވާކަން އެއީ ބަދަލުނުކުރެވޭނެ ހަގީގަތެއް: މަޚުލޫފް

މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވަނީ އިންސާފުންކަމީ، ބަދަލުނުކުރެވޭނެ ހަގީގަތެއް ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

މަޚުލޫފް ވިދާޅުވީ 10000 އަށްވުރެ ގިނަމީހުންނަށް ގޯތި ދޫކޮށް ވަގުތީ ލިސްޓެއް އާއްމުކުރުމުން، މިދިޔަ ދެތިންދުވަހު ތެރޭގައި ޝަކުވާގޮތުގައި ނޫނީ ކަންބޮޑުވުންތަކެއް ގޮތުގައި މިފެނުނީ 20 ވަރަކަށް ކަންތައް ކަމަށެވެ. ވަގުތީ ލިސްޓަކީ ގޯހެއް އޮތްނަމަ ޝަކުވާ ހުށައަަޅާ އެކަމެެއް އިސްލާހުކުރަންދޭ ފުރުސަތެއްކަމުން، މިވަރުގެ ބޮޑު ލިސްޓަކުން މިހާމަދު ކަންކަން ފާހަގަކުރެވޭކަމީ ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

މަޚުލޫފް ވިދާޅުވި އެއްވެސް ސިޔާސީ ފިކުރަކަށް ވިސްނުމަކަށް ބެލުމެއްނެތި ގޯތި ދީފައިވަނީ ވަރަށް އިންސާފުވެރިކޮށް ކަމަށެވެ. އަދި ވަކި ފަރާތަކަށް ބެލުމެއްނެތި ގޯތި ދީފައިވަނީ އިންސާފުންކަމީ މިއަދު އޮޅުވާލެވެން ނެތް ހަގީގަތެއް ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

ވަކި ޕާޓީއެއް ވަކި އާއިލާއެއް ތަފާތުނުކޮށް ޝަރުތުހަމަވި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި އިންސާފުން ގޯތި ދީފައިވާކަން އެއީ ބަދަލުނުކުރެވޭނެ ހަގީގަތެއް.

– މަޚުލޫފް ވިދާޅުވިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ 19857 އެބަ ތިއްބެވެ. އޭގެތެރެއިން 10314 މީހަކަށް ގޯތިލިބޭކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ އެހެން މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައިގެންނެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓާއި ގުޅިގެން ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާ މައްސަލަތައް ބަލައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި އެމައްސަލަތައް ޙައްލުކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދިޔަ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. MMPRC ge faisaagandu libifa othmakee ves badhalu nukureveyne hageegatheh ehen noon thoa Mahuloofooooooo.!!??

  2. މަޑުކޮށްބަލަ ޝަކުވާ ހުށައަޅަން އަދި އެބައޮތޭ ވަގުތު. ޢީދު ބަންދުގަާ ރައްޔިތުން އަވަދިނެތި އުޅޭނީ އީދު ފަާހަގަ ކުރާކަށްނު. މުއްދަތު ހަމަވާއިރު 20 އިތުރުވާނެ އެތައް ގުނައަކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *