18 ޖަނަވަރީ 2025

ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް ނެތް ކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެފި

ރާއްޖެއަށް ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ދަތުރުނުކުރަން އިލްތިމާސްކޮށް އިނގިރޭސިވިލާތުން ވަނީ ދާދިފަހުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

އެކަމާ ގުޅިގެން އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއަށް ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރުނީ ހަމައެކަނި ރާއްޖެއަށް ކަމަށެވެ. ނަމަވެސް ރާއްޖެއަށް އެ ގައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮލިން ރޮސްލާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ދޭތެރެ ދޭތެރެއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ގައުމުތަކުގެ ސިޔާސީ، އިގްތިސޯދީ، އިޖްތިމާއީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ބޮޑެތި ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް އާކުރެއެވެ.

ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް މިފަދަ ޓްރެވަލް އެޑްވައިޒަރީތައް ނެރުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު