16 ފެބުރުވަރީ 2025

ރައީސް ޞާލިހު ޢީދު ފާހަގަކުރުމަށް ހިންނަވަރަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުފަން ރަށް ޅ.ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސް ޞާލިހު ހިންނަވަރަށް ވަޑައިގެންފައިވަނީ ޢީދު ބަންދުގައި ޢާއިލާގެ ގިނަ ބޭފުޅުންވެސް ރަށުގައިި ތިއްބެވުމާއިއެކު ޢާއިލާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށް ބެލެވެއެވެ. ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނަވުމަށް އެދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، ޢާއިލީ ބޭފުޅުންނާއި ހިންނަވަރުގެ ގިނަ ބަޔަކު ބަނދަރަށް ނިކުމެފައިވެއެވެ.

ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރައީސް ޞާލިހު ވަރަށް ގިނައިން ހިންނަވަރަށް ވަޑައިގަންނަވައެވެ. ރައީސްގެ މިދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

މިއަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމަށް ރައީސް ޞާލިހު ވަޑައިގެންނެވީ އއ.ތޮއްޑޫއަށެވެ.ތޮއްޑޫ އިން ވަނީ ރައީސަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފަށްޓަވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވު ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.

ރިޔާސީ ޕްރައިމަރީއަށްފަހު ކެމްޕެއިން ހަރަކާތްތައް އެމްޑީޕީން ދަނީ މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދަމުންނެވެ. މިދަތުރުތަކުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު