އިލެކްޝަނަށް އެންމެ ފުރަތަމަ ވަންނާނީ ޔާމީންގެ ކެނޑިޑެސީ ފޯމު: ޝިޔާމް

ރިޔާސީ އިންތިޚާބުގައި ކުރިމަތި ލުމަށް ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ވަންނާނެ ފޯމަކީ ރައީސް ޔާމީންގެ ފޯމު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް ނަޝީދާއި ގުޅުން އޮންނަ އޯޝަން ވީކްލީއިން މިހަފްތާއަށް ނެރުނު އަދަދުގައި "ޔާމީނެއްވެސް ނޫން. ނަޝީދެއްވެސް ނޫން. ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް" މި ނަމުގައި އެނޫހުގެ ފުރަތަމަ ސަފްހާގައި ޖަހާފައިވާ ޕޯސްޓާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ ޕާޓީއަކުން ކަނޑައަޅަ އެކަން އިއުލާނު ކުރީ ޕީޕީއެމްއިން ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީނަކީ މިއިންތިޚާބުގައި އެންމެ ފުރަތަމަ އިލެކްޝަނަސް ކޮމިޝަނަށް ވަންނާނެ ކެނޑިޑެސީ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމްއިން ރައީސް ޔާމީން ނޫންގޮތަކަށް އެއްބަސްވުމެއް ވާން ބޭނުން ނުވާކަމަށެވެ.

މިހާރު އޯޝަން ވީކްލީ ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީ؟ ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަނަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު.

– ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައި ވަނީ ދަރުބާރުގެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު