16 ފެބުރުވަރީ 2025

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހެންވޭރު ގެއެއްގައި ޚަބަރު ހުސްވެފައި މީހަކު އޮތްކަމުގެ ރިޕޯޓް މިއަދު 1:20 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެމީހާ ވަނީ އޭޑީކޭއަށް ގެންގޮސްފައި ކަމަށާއި، އެމީހާ ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އޭޑީކޭއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު