Saturday, 13 April 2024

މުންކަރާތްތައް ނުހުއްޓުވެނީ ކަމާއިބެހޭ ފަރާތްތަކުން ހިތްވަރުދޭތީ: އިލްޔާސް

އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ މުންކަރާތްތަކަށް އަރައި ގަންނަނީ މުވައްސަސާތަކުން އެފަދަ ކަންކަމާއި މެދު ފިޔަވަޅު ނާޅައި އެއްބާރުލުން ދޭތީ ކަމުގައި ދީނި އިލްމުވެރިޔާ ޝައިޚު އިލްޔާސް ހެސެއިން ވިދާޅުވެއްޖެއެވެ.

ޝައިޚު އިލްޔާސް މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އީދު ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ގުޅިގެން ޢީދުގެ މަތިވެރިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓުގައެވެ. ޝައިޚު އިލްޔާސް ވަނީ މިކަން ހުއްޓުވުމަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަކީ މިކަންކަމަށް ދެވޭ ހިތްވަރެއްކަން ފާހަގަކޮށްފައެވެ.

ކަމާބެހޭ މުއައްސަސާތަކުން މިފަދަ މުންކަރާތްތައް ނުހުހުއްޓުވުމަކީ އެފަރާތްތަކުން އެމުންކަރާތްތަކަށް ހިއްވަރުދޭކަމުގެ ހެއްކެއް. މިކަމުގެ ނަތީޖާ ވަރަށް ހިތިވެދާނެ!

– ޝައިޚު އިލްޔާސް ވިދާޅުވިއެވެ.

ޝައިޚު ވަނީ މިފަދަ މުންކަރާތްތަކުގައި ބައިވެރި ނުވުމަށް ދިވެހި ރައްޔިތުންގެ ކިބައި އެދިފައެވެ. މިއީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމަކަށްވާއިރު މިފަދަ ކަންކަމުގައި އެއްވެސް ދިވެހި ރައްޔިތަކު ބައިވެރި ނުވުމަށް ޝައިޚު އިލްޔާސްވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ކަނޑައެޅިގެން ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން އުފާފާޅުކުރުމުގެ ނަމުގައި ނުކުރުމަށާއި، އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން.

– ޝައިޚު އިލްޔާސް ވިދާޅުވިއެވެ.

މިފަހަރުގެ ބޮޑު އީދަށް ވިލިނގިލިން ގެންދިޔަ މާލޭގައި ނަށާ ގުރޫޕެއް ކަމަށްވާ "ގޮމަ" ގްރޫޕެވެ. އެގްރޫޕުން ވަނީ ނިވާކަން ކުޑަ އެހުދުން އަޅައިގެން މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ޝޯއެއް އެރަށުގައި ދީފައެވެ. ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެގްރޫޕުގައި ބުރުގާ އަޅައިގެން ތިބި މީހުންވެސް ތިއްބެވެ.

މި ނެށުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެބަ ރަނގަޅުވޭ!!! އެކަމެއްހިނގާއިރަށް މީގެކުރިންވެސް ހަމަ ތިބީދައިން ރައްދު ދެވެން ވާނެ.

  2. އެބަ ރަނގަޅުވޭ!!! އެކަމެއްހިނގާއިރަށް މީގެކުރިންވެސް ހަމަ ތިބީދައިން ރައްދު ދެވެން ވާނެ. ޢިލްމުވެރިން އެމީހުންގެ ވާޖިބު އަބަދުވެސް އިސްކުރަންޖެހޭނެ. ވަކި މީހަކު ވަކިގޮތަކަށް އަންގަންދެން ދޫ ބަންދުކޮށްގެން ތިބެގެން ނުވާނެ.

  3. ކަމާބެހޭފަރާތްތަކުގެގޮތުގަ މިއަދުތިތިބީތިބޭފުޅުންނޫންތޯ

  4. އިލިޔާސް ތިޔަބުނާ ކަމާބެހޭފަރާތްތަކަކީކޮބާަ؟؟؟؟؟؟؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *