މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާ ގުޅިގެން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމާބެހޭ މަޝްވަރާތަކެއް ކުރިއަށް އެބަދެއެވެ..
މިމަޝްވަރާތައް ކުރިއަށްދަނީ މީގެ ކުރިން ވެސް އެކި ހަރަކާތްތައް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިން އިސްނަގައިގެން ހިޔާ ފްލެޓްތަކުގައެވެ.
ޢެ ޖަމްޢިއްޔާ އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި އޮތް ކަމަށެވެ.
ހުޅުމާލެ އާއި އަދި މާލޭ ސަރަހައްދުގެ ބިމަކީ އަގު ބޮޑު ބިމަކަށް ވާއިރު ހިލޭ އެބިންތައް ބަހާލުމުން އެއްވެސް ފްލެޓެއްގެ ކުލި ދައްކަން ޖެހުން އެއީ ހަމަހަމަ އުސޫލެއް ނޫން ކަމަށް އެފަރާތުން ހާމަކުރެއެވެ.
ޢެ ޖަމްޢިއްޔާއިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މުލިނުދައްކަންޏާފްލެޓްއަތުލާނީ
މާލެސަރަހައްދުންް ސަރުކާންް ފުލެޓްވިއްކާފަަ ގޯތިި ހިލޭބެހުމަކީީ ފަގީރުންނައްް ފުރައްސާރަކޮއްް މަލާަމާތްކުރުންް އެގޯތިތައްބެހީީ މަހުޖަނުންނައްް އެހެންނޫނަސްް ފަގީރުންކިހިނެތްތޯޯ އެތަނުގައިި ދިރިއުޅެވޭވަރުކުރާނީީ ތިއެއްވުރެރަގަޅީީ ފަގީރުންނައްް ހިލޭޭ ބޯހިޔާދިނުންނޫންތޯޯ ތީމުއްސަދިންގެެ ތަނަވަސްކަންއިތުރުކުރުވަންް ފަގީރުންގެެ ތަފާތުު ހާމަކޮއްމާޔޫސްކުރުންް ހިލޭޭ ފުލެޓްދިނީމާާ ފަގީރުންނައްް އުފާރިކަމާއެކުު ނިދާލެވޭނީީ ކީއްވެގެންތޯޯ ފަގީރުންނައްް ތިދުއްޕާންޖައްސަނީީ ފަގީރުންނައްް ވޯޓްނުލެވެނީތޯޯ ނޫނީމިގައުމަަ ފަގީރުންނެތީތޯޯ ތިހިންނުހައްދަވާާ ފަގީރުންނައްދޫކުރާާ ފުލެޓްގެެ ކުލިކަޑާލާާ އެއީހިލޭޭ ބަހާއެއްޗެއްގެެ ގޮތައްް ބަދަލުކުރޭޭ ފަގީރުންނައްާ އިހުސާތެރިވޭޭ ފަގީރުންބާކީނުކުރޭޭ ފުލެޓްހިލޭކުރޭޭ