15 ޖަނަވަރީ 2025

ގާސިމްގެ ކެމްޕެއިން ޓީމެއް ބ.އަތޮޅުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން ޓީމެއް، ގާސިމަށް ތާޢީދު ހޯދުމުގެ ގޮތުން، ބ. އަތޮޅުގެ ރަށްތަކުގައި ދޮރުން ދޮރަށް ހިނގަމުގެ ޙަކާތެއް ކުރިއަށް އެބަގެންދެއެވެ.

ގާސިމްގެ ކެމްޕެއިން ޓީމުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އިރު، އެންމެ އިސް ޓީމެއް އޮތީ ބ. އަތޮޅުގައެވެ. މި ޓީމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ހިމެނިވަޑައިގަންނަވައެވެ.

މި ޓީމުގެ ބޭފުޅުން މިވަގުތު ގެންދަވަނީ ބ. އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގެން ގާސިމަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިހާތަނަށް އައިއިރު މި ޓީމު ވަނީ ކެންދޫ އާއި ތުޅާދޫ އަށް ވަޑައިގެންފައެވެ. އަދި މިއަދުގެ ވަގުތެއްގައި އިތުރު ރަށްތަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ދެކުނު ކެމްޕެއިން މެނޭޖަރު އަދި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދުގެ އިސް ނެންގެވުމުގެ މަތިން ދެކުނުގެ ކެމްޕެއިން ޓީމްތަކާ ރޭ ވަނީ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އީދު ބަންދަށްފަހު ރޭވިފައިވާ ކެމްޕެއިންގެ މަސައްކަތްތައް އޮޅުން ފިލުއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު