ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.
ޒުވާން ލަވަކިޔުންތެރިޔާ، ބަތޫލްއާއި، އެކު އިތުރު ޒުވާނަކު އެމްޑީޕީއާއި ގުޅުމަށްފަހު ފޯމު ހަވާލު ކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއިއެވެ. ސޮއި ކުރުމުގެ މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޞާލިހުގެ އުފަންރަށް ހިންނަވަރުގައި އެމަނިކުފާނުގެ ގޭގައެވެ.
Welcome to MDP @MekhaelMohamed @BathoolAhmed @MDPSecretariat pic.twitter.com/MlH3apB2R6
— Ali Niyaz 🎈 (@ali_niya) July 1, 2023
ބަތޫލް އާއްމުންގެ ތެރޭގައި ބޮޑަށް މަގުބޫލުވާން ފެށީ ސްކޫލް ދައުރުގައި ހުށަހަޅައިދިން ލަވަތަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ ބައެއް ޝޯވތަކުގައިވެސް ލަވަ ކިޔާފައެވެ. އޭނާއަކީ ތަފާތު އަޑެެއްގެ ވެރިއެއް ކަމަށް ގިނަބަޔަކު ބުނެއެވެ. ބަތޫލްވަނީ މިފަހަރުގެ އީދާއި ގުޅިގެން ހިންނަވަރުގައި ބޭއްވި ޝޯގައިވެސް ޕާފޯމްކޮށްފައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފަށްޓަވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ރައީސްގެ އަމާޒަމީ ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިންގައި ދިއުމެވެ.