7 ފެބުރުވަރީ 2025

ކެންސަރު ބަލީގައި ދިވެހި ޒުވާނަކު ނިޔާވެއްޖެ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވެފައި ވަނީ ހދ. މަކުނުދޫ ކެނެރީގެ އަލީ އާމިރެވެ. އޭނާއަކީ ވޮއްމުލި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.

އަލީ އާމިރު ވަނީ އިންޑިއާ އާއި ރާއްޖޭގެ ބައެއް އެހެން ހޮސްޕިޓަލްތަކުގައި ވެސް ފަރުވާ ހޯދައިފައެވެ. އޭގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ވެސް ހިމެނެއެވެ. އޭނާ އަށް ކެންސަރު ޖެހިފައި ހުރި ކަން އެނގުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ދުވަސްވަރު އޭނާ ވަނީ ކޮވިޑް ބައްޔަށް ވެސް ފަރުވާ ހޯދައިފައެވެ.

އޭނާ ނިޔާވި އިރު، އޭނާގެ އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިބިއެވެ. އަލީ އާމިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު