16 ޖަނަވަރީ 2025

އިންޑިޔާ ކަނޑަށް ބާރުގަދަ ބިންހެލުމެއް!

އިންޑިޔާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެކަށް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

އެ އިދާރާއިން ހާމަކުރާ ގޮތުގައި، ދެކުނު އިންޑިއާ ކަނޑަށް އައިސްފައި ވަނީ 6.0 މެގްނެޓިއުޑްގެ ބިންހެލުމެކެވެ.

މި ބިންހެލުން އައިސްފައި ވަނީ މާލެއާ 1748 ކިލޯމީޓާރު ދުރަށެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑް ބާރުމިނުގައި ކަމަށެވެ.

ދެކުނު އިންޑިއާ ކަނޑަށް މިއަދު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު