ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ތަނުގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުން ތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާނެ ކަމަށް އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ ދި ޑިކޮކްރެޓްސްއިން ބުނެފިއެވެ.
ކެމްޕޭނު ހަރަކާތްތައް ޕާޓީ ރަޖިސްޓްރީ ވިޔަސް، ނުވިޔަސް، ލަސްކުރިޔަސް، ދަތިކުރިޔަސް އެކަންކަން ހިނގަމުންދާނެ ކަމަށާއި ކެމްޕޭނުގެ އޮނިގަނޑުތައް އެކުލަވާލަން މަސައްކަތް ކުރާކަމަށް ހަސަން ވިދާޅުވިއެވެ.
އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލުމުގެ މަޝްވަރާއަށް އެ ޕާޓީގެ ޓީމެއް ވަނީ ޏ. ފުވައްމުލަކަށް ގޮސްފަ އެވެ. ރޭ ފުވައްމުލަކުގައި ބޭއްވި ކަންމަތީ ބައްދަލުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ޖަލްސާތަކުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ސަރުކާރު ހުޅުވޭ އެންމެ އަވަހަކަށް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެ ހުއްދަ ނުދިނަސް، އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ކުރަން ޖެހޭ މަސައްކަތްތައް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މީވެސް ދެން ލިޔަން ޖެހޭ ވާހަކައެއްބާ! ޢެހެންނާފަހެ، ތިޔަ ޑިމޮކްރޭޓްސް އޭ ކިޔާ ބައިގަނޑަކީ ކެނެރީގޭ ނަޝީދުގެ ޑިކްޓޭޓަރުންގެ ބައިގަނޑެއް ވީމަ އޭނާ ބައިވެރި ވާނެތާ. މުގާބޭ އަކީ އެއީ ވިއްޔަ .