18 ޖަނަވަރީ 2025

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިިން އަންހެނަކު ގެއްލިގެން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) އެވެ. އޭނާ ގެއްލިފައިވާ ކަމަށް މިއަދު 10:25 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރުކަމާއި އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު