Monday, 07 October 2024

ފުއްގިރި މައްސަލައިގެ އަޑު އެހުމެއް މާދަމާ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

އެގޮތުން މާދަމާއަށް ޝެޑިއުލް ކޮށްފައިވާ މި މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނުގެ މައްޗައް އުފުލާފއިވާ ދައުވާގައި ވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައި ވާކަމަށެވެ.

ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދާއިރު ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރޔާމީނަށް ކެތްތެރިކަމަާ ސާބިތުކަން ވެއްސަވާށި، ރޔާމީންގެ އަދުއްވުން ބަލިކަށި ކުރަށްވާށި، ރޔާމީނަށް ނަސްރާ ކާމިޔާބު ދެއްވުން އެދި މާތްﷲގެ ހަޒުރަތުގާ ދުއާ ދަންނަވަން، ރޔާމީން މި އަނިޔާވެރި ހަސަދައިގެ އަލިފާންގަނޑުން މިންޖު ކުރަށްވާށި، އާމީން ޔާރައްބަލްއާލަމީން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު