މިއަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ހައްޖު ވިލޭރޭގެ ވަގުތެއްގައި މިނާއިން ގެއްލިގެން ހޯދަނިކޮށް އޭގެ ތިން ދުވަސް ފަހުން އިއްޔެ ރޭ ގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ފެނުނު ރ. މާކުރަތު، މުހައްމަދު ނަސީމް އަލީ (72އ) ގެ ހަށިގަނޑު ވަޅު ނުލާކަން ހާމަވެއްޖެއެވެ.
ގެއްލިގެން ހޯދާތާ ތިން ދުވަސް ފަހުން ނަސީމް ފެނިފައި ވަނީ އިއްޔެ ރޭ ޖަބަރު ނޫރު [ހިރާ ފަރުބަ] އާ ދިމާލުން ދަންވަރުގެ 1:55 ހާއިރެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.