15 ޖަނަވަރީ 2025

ނިދިޖެހުމުގެ ސަބަބުން، އިންޑިއާގައި ބަސް އެކްސިޑެންޓެއްވެ 25 މަރު

އިންޑިއާގެ މަހަރަޝްތްރާ ސްޓޭޓުގައި ބަހެއް ކޮންޓްރޯލް ނެއްޓި ރޯޑް ޑިވައިޑަރެއްގައި ޖެހި އެކްސިޑެންޓެއްގައި ހިނގައިފިއެވެ.

ފުލުހުން ބުނީ އެކަން ހިނގީ ރޭ ދަންވަރު އިންޑިއާ ގަޑިން 2:00 އެހާކަންހާއިރުއެވެ. ފުލުހުން ޝައްކު ކުރާ ގޮތުގައި ބަސް އެކްސިޑެންޓްވީ ޑްރައިވަރަށް ނިދި ޖެހުމުން ކަމަށެވެ.

އެ ގައުމުގެ މީޑިއާތަކާ ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެ ހާދިސާގައި 25 މީހަކު ވަނީ މަރުވެފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ މަހާރާޝްތުރާ ސްޓޭޓްގެ ބުލްދާނާ ޑިސްޓްރިކްޓްގެ ހައިވޭއެއްގައެވެ. މި އެކްސިޑެންޓް ހިނގިއިރު ބަހުގައި 33 މީހުން ތިއްބެވެ. ސަލާމަތްވި އަށް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ބާރު ސްޕީޑްގައި ބަސް ދުއްވާފައި ދަނިކޮށް އެ ބަސް ތަނބެއްގައި ޖެހި ހައިވޭގެ ފާރެއްގައި ޖެހުނު ކަމަށެވެ. މި އެކްސިޑެންޓުގެ ސަބަބުން ކުރިމަތީގައި ހުރި ދެ ޓަޔަރު ފަޅައިގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަހުގެ ޑީސަލް ޓޭންކް ފަޅައިގެން ގޮސް، ބަހުގައި އަލިފާން ރޯވިއެވެ.

ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލުނު ސީދާ ސަބަބާއި އޭގެ ފަހުން އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސްޓޭޓް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސްގެ ދޭން ނިންމައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސްގެ އެކްސްގްރެޝިއޯއެއް ދޭން ނިންމާފައިވާ ކަމަށެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު