ސައިކަލެއް ވަގަށް ނަގައިގެން، މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކޮށްފައިވަނީ ހއ.ހޯރަފުށްޓަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކުރަނީ ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ތުހުމަތެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާ ސައިކަލެއް ވަގަށް ނެގީ އިތުރު މީހަކާ ބައިވެރިވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކާކު ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު