މާލެ ސިޓީ ކައުންސިލުން އީދު ފާހަގަ ކުރަން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާލައިފައި ބަހައްޓާ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލަން ނިންމައިފިއެވެ.
އަޟްޙާ ޢީދަށް މާލެ އަދި ވިލިމާލޭގެ ބައެއް ބޮޑެތި މަގުތަކުގައި މާލެ ސިޓީ ކައުންސިލުން ވަނީ ކުލަބޮކިތަކާއި ގިޑިގެތައް ހަރުކޮށްފައެވެ. ކައުންސިލުން ބުނި ގޮތުގައި މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށްފައިވެއެވެ.
އެސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާލާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައިވެސް، އީދާއި ދިމާކޮށް މާލެއާއި ވިލިމާލެ ޒީނަތްތެރިކޮށް، ދިއްލާލި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ ގިޑިގެތަކާއި، ކުލަބޮކިތަށް މާދަމާ ނަގަން ނިންމާފައި ވީނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތީން މިމަހުގެ 8 އާއި ހަމައަށް މިތަކެތި ނެގުން ފަސްކޮށްފައިވާކަމަށެވެ.
A lot of people who went abroad for various reasons during this Eid holiday have been asking us if they can get a chance to see the Eid lights. Initially, it was decided to remove them starting from tomorrow (2nd July). We would like to announce that, we intend to delay the… https://t.co/p2Ab7lj0Jk
— Dr Mohamed Muizzu (@MMuizzu) July 1, 2023