Thursday, 18 April 2024

ރާއްޖޭގައި ކުވޭތުގައި ހުންނަ ފަދަ “ޒަކާތް ހައުސް” އެއް އުފައްދަން ޖެހޭ: ޑރ. ޝަހީމް

ރާއްޖޭގައި ކުވޭތުގައި ހުންނަ ފަދަ “ޒަކާތް ހައުސް” އެއް އުފައްދަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

“ރާއްޖޭގައި ކުވޭތުގައި ހުންނަ ފަދަ “ޒަކާތް ހައުސް” އެއް އުފައްދައި ފުޅާ ދާއިރާއެއްގައި ޒަކާތުގެ ނަފާ ޤައުމަށް ލިބޭނެ ގޮތް ހަދަންޖެހޭ.” ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތަށް 48.1 މިލިއަން ރުފިޔާ ލިބުނު ކަމަށް ބަޔާންކޮށް، “ފިޔަ އޮންލައިން” އިން ޝާއިޢުކުރި ޚަބަރަކަށް ޢިޝާރަތްކުރައްވައެވެ.

https://twitter.com/mohamedshaheem1/status/1675314687381217280?s=46&t=ySI7Fs7vBNecJDdNu41MBg

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާ އިން ބުނެފައިވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 11.4 އިންސައްތަ އިތުރުވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މި އަހަރުގެ މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48،129،659 ރުފިޔާ ލިބިފައިވާ ކަމަށްވެސް ބުނެއެވެ. މީގެ ތެރޭގައި 48،109،756 ދިވެހި ފައިސާއިން ދައްކާފައިވާއިރު 1300 ޑޮލަރު ވެސް ވަނީ ދައްކާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *