15 ޖަނަވަރީ 2025

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީން ދީފި

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާގޮތުން ސިޔާސީ ޕާޓިއެއް އުފެއްދުމަށް 3000 މެންބަރުންގެ ސޮއި ބޭނުންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޢަދަދަށް މެންބަރުންގެ ސޮއި ހަމަވާތީ، އެޕާޓީ ހުއްދަ ދޭން ހުރިހާ މެންބަރުންވެސް އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ޙަސަން ލަޠީފް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅުއްވާނެކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ. ނަމަވެސް އެޕާޓީން ނެރޭނެ ކެނޑިޑޭޓެއް އަދި ކަނޑަނާޅުއްވާކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު