25 ޖަނަވަރީ 2025

ފުއްގިރި ޝަރީއަތް މިއަދުވެސް ކެންސަލް

ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތް ޝަރީއަތްވެސް ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ ހެނދުނު 9:00 އަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ.

ކްރިކްގެ ސިއްހީ ހާލަތު ހުރިގޮތުން ކުރީގެ އަޑުއެހުމެއް ވެސް ކެންސަލްކުރިއެވެ. ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ.

އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެ މައްސަލާގެ އަޑުއެހުންތަކެއް އަންނަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން އަންނަ ހަފުތާގައި ވެސް ބާއްވަން އޮތީ ހަމަޖައްސައިފައެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. ކްރިމިނަލް ކޯޓުން އަވަސް އަވަހަށް ޝަރީއަތް ބާއްވާތީ އިސްތިއުނާފް ޝަރީއަތް ލަސްވާ ކަމުގެ ޝަކުވާ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ޔާމީންގެ ފަރާތްޕުޅުން އޮތީ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު