ލ. ގަމަށް ބަނގުރާ އެތެރެކުރި ހަތަރު މީހުން ހައްޔަރުކޮށްފި

ލ. ގަމަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެއީ 39 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާ އަދި 42 އަހަރުގެ މީހެއްގެ އިތުރުން 56 އަހަރުގެ މީހެކެވެ. ގަމު ބަނދަރު މަތިން އެ ހަތަރު މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ޑިންގީ ބަލައިފާސްކުރިއިރު 72 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 39 އަހަރުގެ މީހާއަށް ފަސް ދުވަސް އަދި އަނެއް ތިން މީހުންނަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު