29 އެޕްރީލް 2025

ޑރ. ހަސަން ޙަމީދު އޮކްސްފަޑް ޑިކްޝަނަރީގެ ދެބައިކުޅަ އެއްބައި ތަރުޖަމާކޮށް ނިންމަވައިފި

‏ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ހަސަން ޙަމީދު އޮކްސްފަޑް ޑިކްޝަނަރީގެ ދެބައިކުޅަ އެއްބައި ތަރުޖަމާކޮށް ނިންމަވައިފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެެވެ.

“އޮކްސްފަޑް ޑިކްޝަނަރީގެ ދެބައިކުޅަ އެއްބައި ތަރުޖަމާކޮށް ނިންމުމުގެ ތައުފީޤް ދެއްވި މާތްﷲ އަށް ޙަމްދު ހުއްޓެވެ. މިއީ ގާތްގަޑަކަށް A4 ގެ 1000 ސަފުހާއަށް ވުރެ ދިގު ކަވި ބުރަ މަސައްކަތެކެވެ.” ޑރ. ޙަސަން

އެމަނިކުފާނު ވިދާޅުވެފައިވަނީ، އެއީ އިނގިރޭސި އޮކްސްފޮރޑް ޑިކްޝަނަރީ އެއްގެ M އަކުރުގެ ރަދީފު ކަމަށާއި، އިނގިރޭސި ބަހަށް ފަރިތަނޫން މީހުންނަށް އެ ބަސް ދަސްކުރުމަށާއި އިނގިރޭސި ބައެއް ލަފުޒާ ގުޅޭ ދިވެހި ބަސް ހޯދުމަށް އެއީ ބޭނުންތެރި މަސައްކަތަކަށް ވާނެ ކަމަށެވެ
އެފޮތުގައި ކިޔާގޮތުގެ އިތުރަށް ބައެއް ލަފުޒު ބޭނުންކުރާ ގޮތުގެ މިސާލާއި މުހިއްމު މަޖާޒީ ޢިބާރާތްތައް ވެސް ހިމެނިފައި ވެއެވެ.
އޭނާ ވިދާޅުވީ، ދިވެހިބަހުގައި ބޭނުންކުރާ މައިގަނޑު 11 ފިލިން އިނގިރޭސި ލަފުޒުތައް ކިޔާގޮތަކަށް ނުލިޔެވޭނެ ކަމަށާއި،  އެއީ އެ ބަހުގައި ދިވެހިބަހުގައި ނެތް ދެތިން ހަތަރު ފިއްޔެއް ހިމެނޭތީ ކަމަށާއި  ޚާއްޞަކޮށް،  ދިވެހިބަހުގައި ހިމެނޭ އައިބައި ފިއްޔާއި އައުބައު ފިލި ހެން ކިޔާއިރު ދޫފުރޮޅޭ އެތައް އަޑެއް އިނގިރޭސި ބަހުގައި ހިމެނޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު