ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް މޯލިޑިވްސް ޕޮލިސް ސާރވިސް އިން އަންގައި އިއުލާނު ކޮށްފިއެވެ.
ހާޒިރުވާންވީ އަންގާފައިވާ ފަރާތަކީ ލ. ހިތަދޫ / ރަންކުރި، ޢަލީ ޢައްރާފު (21އ) އެވެ. މީނާ ޙާޞިރުވާން ޢަންގާފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުންނެވެ
އަދި އޭނާ ހާޒިރުވާންޖެހެނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، 2023 ޖުލައި 09 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކަމަށް ފުލުހުން ހާމަކުރެއެވެ.