16 ޖަނަވަރީ 2025

ވަގަށް ނެގި ކާޑަކުން 10،000ރ. ގެ މުދާ ގަތް މީހަކު ހޯދަނީ

އެހެން މީހެއްގެ ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން 10،000ރ. އަށްވުރެ މަތީގެ ވިޔަފާރިއެއްކޮށް ފިލައިގެން އުޅޭ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

ކުށުގެ ތުހުމަތުވާ މީހާގެ ފޮޓޯއާއެކު ފުލުހުން އާންމުކުރި އިއުލާނެއްގައި ބުނީ ހޯދަނީ "އެހެން މީހެއްގެ ބޭންކް އެކައުންޓުން އެމީހާއަށް ނޭނގި 10،500ރ. ފައިސާގެ މުއާމަލާތެއް" ހިންގި ކަމަށް ބެލެވޭ މީހެއް ކަމަށެވެ.

ފުލުހުން އާންމު ކުރި ފޮޓޯގައި ފެންނަނީ ފިހާރައެއްގެ ތެރޭގައި މަޑުކޮށްގެން ހުރި ފިރިހެނެކެވެ.

އެ އިއުލާގައި ފުލުހުން ބުނީ ފޮޓޯގައިވާ މީހާ މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށާއި އޭނާ އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެފަދަ 1516 މައްސަލައެއްފުލުހުންނަށް މިހާތަނަށް ހުށަހަޅާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު