Saturday, 25 May 2024

އެމްއެމްޕީއާރްސީއަށްވުރެ މިސަރުކާރުގެ ވައްކަން ދެގުނަވެއްޖެ: އަމްރު

އެމްއެމްޕީއާރްސީ ގެ ހިޔާނާތަށްވުރެ މި ސަރުކާރުގެ ވައްކަން ދެގުނަ ވެއްޖެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި މިހާރު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް ޕީއެންސީއާއި ދަ ޑިމޮކްޜެޓްސްއާއި އެކު ބޭއްވި 3 ވަނަ މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރުއާއި ނޫސްވެރިން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރިން ރައީސް ޔާމީނާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުން ދައްކާފައިވާ ކަމަށާއި އަދިވެސް އެވާހަކަތައް ގަބޫލު ކުރޭތޯ ސުވާލުކޮށްފަ އެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށްހުރީ ރައީސް ޔާމީން ކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

ބޮޑު ސިންގާ ސަރުކާރެއް މިއޮތީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން. ކޮންކަމެއްތޯ ވީ؟ ބޮޑު ސިންގާ ލިސްޓެއް އެބައޮތް. އެއިން އެއްވެސް މީހެއްގެ މައްސަލަ ބެލީކީއެއްނޫން. މިކަންކަން ނުބެލެންޏާ ސަރުކާރު އިސްތިއުފާ ދޭންވީ ނޫންތޯ؟" އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ނުބަލާކަން ފާހަގަކުރައްވާ އަމްރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި 300 އެއްހާ މީހުންގެ ލިސްޓެއް ނެރެފައިވާއިރު މި ސަރުކާރުން ޝަރީއަތް ހިންގަނީ ހަމަ އެކަނި ރައީސް ޔާމީންގެ މައްޗަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޢަންނިގެ ވެރިކަމުގަ ކުރި ވައްކަންތައް މަދުތޯ. ޅެޓަރ ހެޑެއް ހަދާލާފަ ކުންފުންޏެކޭ ކިޔާފަ ޙެލްތަށް ބޭސް ގެންނަން ޕްރިޕެއިޑަށް ދިން ލާރިގަނޑަށްވީ ގޮތް އަމްރަށް އެނގޭބާ. އެކަހަލަ ކިތައް ކަންތައްތޯ ލާދީނީ ވެރިކަމުގަ ކޮށްފަ އޮތީ މަހިތުން ހަމަ ގައިމު އަރުގެ އިގލިތަކުބް ގުނޭވަރަށްވުރެ އިތުރުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *