Thursday, 18 April 2024

ސްވިޑްންގައި ޢީދު ދުވަހު މުޞްޙަފް އެންދި މައްސަލަ ޤާސިމް ކުށްވެރިކުރައްވައިފި

އަޟްޙާ ޢީދު ދުވަހު ސްވިޑްންގެ މިސްކިތެއްގެ ބޭރުގައި ކީރިތި ޤުރްޢާނުގެ މޫޞްޙަފެއް އަންދާލުމުން، އެކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ހަމައެހެންމެ، މީގެކުރިންވެސް ސްވިޑްންގައި މުޞްހަފް އަންދާފައިވާތީ އެކަންކަން ވެސް ޤާސިމް އިބްރާހީމް ވަނީ ކުށްވެރިކުރައްވައި، އެއީ އިސްލާމްދީނާ ދެކޮޅަށް ހިންގުނު ނުބައި ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މިފަދަ ދަށުދަރަޖައިގެ ޢަމަލުތަކަކީ މިފަދަ ތަހްޒީބީ ދުނިޔެއެއްގައި ބަލައިގަނެވޭނެ ކަންކަން ނޫންކަމަށެވެ. ކޮންމެ މީހަކީވެސް އެހެން މީހުންގެ ޙައްޤުތަކަށްވެސް އިހްތިރާމްކުރަންޖެހޭނެ މީހެއް ކަމަށާއި، މިބާވަތުގެ ނުބައި ޢަމަލުތަކަކީ ވާހަކަ ދެއްކުމުގެ މިނިވަންކަމުގެ ތެރެއިން ބަލައިގަނެވޭނެ ކަންކަން ނޫންކަމާއި އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އިޙްޞާޞްތައް ވަނީ މުސްލިމުންނާއި އެކުގައިކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *