ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ސްލޯގަންއަކީ "އުފާވެރި އަމާން ރާއްޖެ" ކަމުގައި ކަނޑައަޅައިފިއެވެ.
އެމްޑީޕީގެ ކެމްޕެއިން ލޯގޯގައި ވަނީ ރާއްޖޭގެ ރަށްތަކެވެ. ވަށައިގެން ރާއްޖޭގެ ޗާޓު އޮތްއިރު، މެދުގައި ވަނީ އުފާވެރި އަމާން ރާއްޖެ ޖަހާފައެވެ. މިއީ މިފަހަރުގެ ކެމްޕެއިންގައި ރައީސް ޞާލިހުގެ ރަސްމީކޮށް ގެންގުޅުއްވާނެ ޝިއާރެވެ.
ކެމްޕެއިން ޝިއާރާއި، ލޯގޯ އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވު ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.