Tuesday, 18 June 2024

ހަފީޒް ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފި

މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަފީޒް ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މިއަދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތަށް އަރައި ފަތިސް ނަމާދުކޮށް ހަފީޒް ފައިބައިގެން ދަނިކޮށްނެވެ.

އެކްސިޑެންޓުގައި ހަފީޒްގެ ބޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު