12 ފެބުރުވަރީ 2025

ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފުލެޓް ލިބުނު ފަރާތްތަކަށް މިމަސް ނިމުމުގެ ކުރިން ތަޅުދަނޑި ހަވާލުކުރާނެކަމަށް އާބަންކޯއިން ބުނެފިއެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އާބަންކޯއިން މިހާރުވެސް ކުރިއަށް ގެންދާއިރު ވިނަރެސް ފުލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީ ނުވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކެޓަގަރީން 1،094 މީހުންނާއި، މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.

ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކޮށްފައިވަނީ ގުޅީފަޅު ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި މީހުންނަށާއި، އާންމުންގެ ތެރެއިން ހޮވުނު މީހުންނަށެވެ.

ވިނަރެސް މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް އެކުލަވާލުމުގެ މަސައްކަތް އާބަންކޯއިން މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ސޮއިކުރަން ފަށާފައިވަނީ ގުޅީފަޅުން ފްލެޓް ދޫކޮށްލި ފަރާތްތަކުގެ ތެރެއިން މި މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކުއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެމީހަކީ ކާކުތޯ؟ ރައްޔިތުންނަށް އެނގެންޖެހޭއެކަހަލަ މީހުން..ނޭނގޭ ނަމަ އަދި ވެސް އެގޮތަށް ދުއްވާނެ..ބޭޒާރު ވާނަމަ ކިރިޔާވެސް ތައްކަތެއް އޮތީ.

  2. ރައީސާއެކު ފޮޓޯނަގާފަތިބި މީހުން ލިސްޓްގަތިބީ ފައިސާފުނިވަރެއް ނުގެންގުޅޭމީހުން ސަރުތު ތަކަށް އޮތީ ފައިސާފުނިވަރެއް ގެންގުޅޭމީހަކަށް ވުންމިވެނި އެވަނި ވަރެއްގެ މުސާރައެއް ލިބޭމީހަކަަށް ވުން . މުއްސަނދިންނަށް ބޮޑުއަގުގަ ގަންނަށް ފުލެޓް . ފައިސާހުރި މާލޭގެދޮރު ހުރި މީހުންނަށް ، ރަޖިސްޓަރވާނެ ގެދޮރުހުރިމީހުންނަށް ހިލޭބިން . ގެއެއްދޮރެއް ދޮރާއްޓެއް ނެތް މީހުން ދަފްތަރެއްގަ ރަޖިސްޓަރ ވެފަ ގޮލީގަ ފާހަގަލާބައެއްގެ ގޮތުގަ . އެވަރިހަމަ މުޅި އުމުރު މާލޭގަ ހޭދަ ކޮއްފަތިއްބަސް . މާލޭމީހުން ކިޔާއަޑެއް ނީވޭގެދޮރު ހިލޭދެނީމާލޭގެ ބިމަކުންނޭ. ވަެަގުޅީފަޅުން މާލޭމީހުންނަށް ގެދޮރު ދޭގޮތައް މާލެއާކައިރިފަޅަކުން ނޫނަސް މާލެމީހުން ނަށް ބިން ދިނަސް ގެދޮރެއް ދިންކަމަށް ވާނީ އެއީހިންނަވާ ގާއެރިފަޅުން ބިން ދިނަސް . ދޭކަށް ނުޖެހޭ މާލޭމީހުން ނަށް ހަމައެކަނި . މާލެސަރަހައްދުގެ ބިން ހިއްކައިގެން ހިލޭގެދޮރެއް . ދިވެހިރައްޔިތުންގެ އަސާސީހައްޤެއް ފޭރެނީ ވޯޓް ހޯދަން .

  3. ރައީސާއެކު ފޮޓޯނަގާފަތިބި މީހުން ލިސްޓްގަތިބީ ފައިސާފުނިވަރެއް ނުގެންގުޅޭމީހުން ސަރުތު ތަކަށް އޮތީ ފައިސާފުނިވަރެއް ގެންގުޅޭމީހަކަށް ވުންމިވެނި އެވަނި ވަރެއްގެ މުސާރައެއް ލިބޭމީހަކަަށް ވުން . މުއްސަނދިންނަށް ބޮޑުއަގުގަ ގަންނަށް ފުލެޓް . ފައިސާހުރި މާލޭގެދޮރު ހުރި މީހުންނަށް ، ރަޖިސްޓަރވާނެ ގެދޮރުހުރިމީހުންނަށް ހިލޭބިން . ގެއެއްދޮރެއް ދޮރާއްޓެއް ނެތް މީހުން ދަފްތަރެއްގަ ރަޖިސްޓަރ ވެފަ ގޮލީގަ ފާހަގަލާބައެއްގެ ގޮތުގަ . އެވަރިހަމަ މުޅި އުމުރު މާލޭގަ ހޭދަ ކޮއްފަތިއްބަސް . މާލޭމީހުން ކިޔާއަޑެއް ނީވޭގެދޮރު ހިލޭދެނީމާލޭގެ ބިމަކުންނޭ. ގުޅީފަޅުން މާލޭމީހުންނަށް ގެދޮރު ދޭގޮތައް މާލެއާކައިރިފަޅަކުން ނޫނަސް މާލެމީހުން ނަށް ބިން ދިނަސް ގެދޮރެއް ދިންކަމަށް ވާނީ އެއީހިންނަވަރާ ގާއެރިފަޅުންހިއްކާން އޮތް ބޮޑު ފަޅެއް އެއީ . ދޭކަށް ނުޖެހޭ މާލޭމީހުން ނަށް ހަމައެކަނި . މާލެސަރަހައްދުގެ ބިން ހިއްކައިގެން ހިލޭގެދޮރެއް . ދިވެހިރައްޔިތުންގެ އަސާސީހައްޤެއް ފޭރެނީ ވޯޓް ހޯދަން .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު