15 ޖަނަވަރީ 2025

ދައުރުން ބޭރުން ބާއްވާ ޖަލްސާގެ އެޖެންޑާ ދުރާލައި ފޮނުވަން އެމްޑީޕީން އެދިއްޖެ

ދައުރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ދުރާލައި ފޮނުވުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައިވެއެވެ.

އެ ސިޓީގައި ވަނީ މިއަދު ބޭއްވި ޖަލްސާގެ އެޖެންޑާ އާއި ނޯޓިސް މެމްބަރުންނަށް ލިބިފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި މިހާ ކުރު ނޯޓިހެއްގައި ޖަލްސާ ބޭއްވުމަކީ މެމްބަރުންނަށް ޖަލްސާތަކަށް ހާޒިރުވުމަށް ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ.

މިއަދުގެ ޖަލްސާގައި ނިންމާލާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަޖިލީހުގެ ގަވާއިދުގެ އެކި މާއްދާތައް ތަރުޖަމާކުރައްވައިގެން ޖަލްސާތައް ކުރިއަށްގެންދިޔުމަށް ހުރަސް އަޅަމުންނެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަގާމުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު ހުންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު