Saturday, 22 June 2024

އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ: ‏އަދުރޭ

އިދިކޮޅު ފަރާާތްތަކުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ހަރަކާތެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ "ނިއުސްޓޯކް" ޝޯގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ޑިމޮކްރެޓްސްއާއިއެކުގައި، ސިޔާސީ މަޝްވަރާތައް ކުރިޔަށް ދިޔަސް، ޕީޕީއެމް-ޕީއެންސީން ހިފަހައްޓާނެ އުސޫލުތަކެއް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ދެކޮޅީ، އިންޑިއާގެ ޓީޗަރުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، އެނޫންވެސް ދާއިރާތަކުގައި އުޅޭ މަސައްކަތްތެރިންނާ ނޫން ކަމަށާއި، ދެކޮޅީ އެ ޤައުމުގެ ސިފައިންނާ ކަމަށެވެ.

އަބްދުއްރަޙީމް ވަނީ، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރިއިރު، އޭގައި އިންޑިއާގެ ރައްޔިތުންގެ ނަން ހިމަނައިފައިވަނީ، އެ ޤައުމުގެ ސަރުކާރާއެކު ވެފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން، އެ ޤައުމުގެ މީހުން ރާއްޖޭގައި އާބާދު ކުރުމަށް ކަމަށްވެސް ވެދާނެ ކަމަށެވެ.
އަބްދުއްރަޙީމް ވަނީ، ރިޔާސީ އިންތިޚާބު ބޯމަތިވުމުން، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓެއް އާއްމު ކުރިއިރު، 700 މީހުން ފިޔަވައި، ލިސްޓުގައި ދެން ތިބި މީހުންނަށް ގޯތި ލިބެނީ ކޮން ހިސާބަކުން ކަމެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރެއް ނިމެން އުޅޭއިރު، އަމިއްލައަށް ބިންގާ އަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ނިންމައި، ރައްޔިތުންނަށް ނުދެވުނު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު